ހދ. ހަނިމާދޫ އެއާޕޯޓްގައި ހުރެ ބޮމެއް އޮތް ކަމަށް ބުނެ ބަޔަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.