ދޮންދަރިފުޅާ ބެހުނު ދިވެހި ފިރިހެނަކު 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ދިވެހި ފިރިހެނަކު 16 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ހަފްތާ ގައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ ކުޑަ ކުއްޖަކަށް އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައިވެސް އަދި ތަހުގީގު މަރުހަލާގައިވެސް އެ މީހާ ވަނީ ތުހުމަތުތަތަކާ ދެކޮޅު ހަދާ ކުށަަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ އެ މީހާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށެވެ.
މި ހަބަރުގައި ހާދިސާގެ ތަފްސީލް އަދި އެ މީހާގެ މައުލޫމާތު ހިމަނާފައި ނުވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށެވެ.