ހަބަރު

އާއިލާއަކަށް އަނިޔާކުރި ދެ މީހުންނަށް ދައުވާކޮށްފި

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
0%
0%

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދު، 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އޭނާގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އޭނާ އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލް ކިޔާ މީހަކު ލައްވާ، ރުގްޔާ ކުރުމޭ ކިޔައިގެން، އެ ތިން މައިންނަށް އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން، އިސްމާއިލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އޭގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދެ ދައުވާގެ އިތުރުން ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލާގައި، މުހައްމަދު އަސީލްގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމާއި، ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނޭ ގޮތަށް ޖުމްލަ ހަތް ދައުވާއެއް ވަނީ ކޮށްފައި އެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ވަސީލަތްތަކުން އެކަން ފަޅާއަރުވާލާ އެ ދެ މީހުން ހައްޔަރު ކުރަން ގޮވާލުމުންނެވެ. އެ ދެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެއެވެ. އެ ދެ މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345