ކްރިމިނަލް ކޯޓް

ހަށިވިއްކި ދެ އަންހެނަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް

Oct 25, 2023
ކުރިމިނަލް ކޯޓް -- ފޮޓޯ: އަވަސް
0%
0%
0%

ހަށި ވިއްކިކަމުގެ ކުށުގައި މީގެ ހަތް އަހަރު ކުރިން ދައުލަތުން ދައުވާ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އައްޑޫ ސިޓީ ހިތަދޫ އަންހެނަކާއި ނ. ވެލިދޫ އަންހެނެއްގެ މައްޗަށް މި ހުކުމް ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި ދެ މީހުން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި އެ މީހުންގެ ކުށަން އިންކާރުކޮށްފަ އެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރީ ތަހުގީގަށް ފުލުހުން ހޯދާފައިވާ ހެކި ހުށަހަޅައިގެންނެވެ.

މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު މައްސަލަ ނިންމީ ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

މި ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފްސީލީ ރިޕޯޓް ކޯޓުން ހާމައެއް ނުކުރެ އެވެ. އެއީ މިފަދަ މައްސަލަތަކުގައި މުޖުތަމައުގެ އަހްލާގީ މިންގަޑު ހިފެހެއްޓުމުގެ ގޮތުން ކޯޓުން ގެންގުޅޭ އުސޫލުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910