އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 -- ކ. ހިންމަފުށީގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސާފަ އެވެ.
ކ. ހިންމަފުށީ މަސްރޭހަށް ރަޖިސްޓްރީކުރި 21 އަށްވުރެ ގިނަ ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ފެށީ ހުކުރު ދުވަހު އެވެ.
ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.
މުބާރާތުން ވަނަތައް ހޯދި ޓީމްތަކާއި މަސްވެރިން
- ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ
- ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
- 3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިން
- އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓާ ކްލާސް – 37.7 ކިލޯގެ ފާނަ
- އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
- އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިން 17 މަސް
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.
އުރީދޫ މަސް ރޭހުގެ ތިނަދޫ ސިޓީގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. ނައިފަރުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.