މާލޭ ސިޓީ

މާލޭގައި ބާވެފައި ހުރި އިމާރާތްތަކެއް ތަޅާލަން މަޝްވަރާކޮށްފި

މާލޭގައި ބާވެފައި ހުރި އަދި ދުވަސްވީ އިމާރާތްތައް ތަޅާލައި ބިން ސާފުކުރުމަށް މަޝްވަރާކޮށްފި އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނީ މާލޭގައި ބާވެފައި ހުރި ހަތަރު ބުރީގެ އިމާރާތަކާއި ހަ ބުރީގެ ޢިމާރާތެއް ތަޅާލައި ބިން ސާފުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.

މިގޮތުން އެ މިނިސްޓްރީން އިއްްޔެ ވަނީ މާލޭ ސިޓީ ކައުންސިލާއި، ރޯޑް ކޯޕަރޭޝަނާއި، އެމްޓީސީސީ އަދި ވެމްކޯގެ އިސްވެރިންނާއެކު މިކަމާ
ގުޅޭ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނެ އެ މަސައްކަތް ކުރެވޭނީ ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

މާލޭގައި ބާވެފައި ހުރި އަދި ދުވަސްވީ ބައެއް އިމާރާތްތަކުން ގަލާއި ބައެއް ތަކެތި މަގުމައްޗަށް ވެއްޓުމުގެ ސަބަބުން މީގެ ކުރިން ވަނީ އެކި ފަހަަރު މަތިން މީހުންނަށް ގެއްލުންތައްވެސް ލިބިފަ އެވެ.