މާލޭ ސިޓީ

މާލޭގެ މަގުތައް ހެދުމުގެ ދިރާސާ ފަށައިފި

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭ ހެދުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް ދިރާސާ ފަށައިފި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި މަގުތައް ހެދުމުގެ މަޝްރޫއަށް ދިރާސާކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޗައިނާގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައެވެ.

މިމަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ޗައިނާ އިން ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މަގުތައް ތަރައްގީކުރާނީ ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓް ނިޒާމުވެސް ގާއިމުކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.