މޫސާ ޒަމީރު

ރަސްމީ ދަތުރެއްގައި ޒަމީރު ބަހްރޭނަށް ވަޑައިގެންފި

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރޭނަށް ވަޑައިގެންފި އެވެ.

މި ދަތުރަކީ ބަހްރޭނުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް ޒަމީރު ކުރައްވާ ފަސް ދުވަހުގެ ދަތުރެކެވެ.

މި އަހަރަކީ ބަހްރޭނާއި ރާއްޖެއާއި ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 44 އަހަރު ފުރުނު އަހަރެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާނެ ކަމަށެވެ. އަދިި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ދެގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ކުރިއަށް ދިއުމަށް މަޝްވަރާކުރާނެ ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ބަހްރޭންގެ ފޮރިން މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިންނާވެސް ޒަމީރުގެ މިދަތުރުގައި ބައްދަލުކުރައްވާނެ އެވެ. އެގޮތުން އެ ގައުމުގެ ފިނޭންސް މިނިސްޓަރާއި، އެންވަޔަރަންމަންޓް މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރާ ވެސް ބައްދަލުކުރައްވާ، ދެ ގައުމުގެ އެއްބާރުލުމާއެކު އެ ދާއިރާތަކުން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާ މެދު މަޝްވަރާކުރާނެ އެވެ.

މި ދަތުރުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި އެމްބެސެޑ ާއެޓް ލާޖް އަހްމަދު ނަސީރު، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓާ މިޒްނާ ވަހީދުވެސް ބައިވެރިވަޑައިގަންނަވަ އެވެ.