ފޮރިން މިނިސްޓްރީ

ރައީސް މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީ ވަލީއަހުދަށް

0%
0%
0%

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ސައުދި އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދި އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންއަށް ރައްދުކުރެއްވުމަށް ސައުދީ ސަރުކާރާ ހަވާލުކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ސިޓީފުޅު ސައުދީ ވަލީއަހްދާ ހަވާލުކުރެއްވުމަށް ރައްދު ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ފޮރިން މިނިސްޓަރު ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ދާއިރާ އިންނާއި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު މޫސާ ޒަމީރު ވަނީ ސައުދި އަރަބިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރާތްކުރައްވާ އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ބައްދަލުވެސް ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345