ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ އޮގަސްޓް 15 ވަނަ ދުވަހެވެ.
"އަޅުގަނޑު ގަސްދުކުރަނީ މިދައުރު 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުރު އިތުރުކުރުމާމެދު ވޯޓަށް އެހުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.