ރައްޔިތުންގެ މަޖިލިސް

ބޮޑު ކާމިޔާބެއް، ދައުރު ނިމުނުއިރު ވަޒީރުންނާ ކުރާނެ ސުވާލެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުނުއިރު ދައުލަތުގެ ވަޒީރުންނާ ކުރާނެ ސުވާލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއުއާ ސުވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސުވާލުގެ ވަގުތު ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުގެ ސުވާލަށް މިނިސްޓަރު ރާފިއު ޖަވާބު ދެއްވުމާއެކު މި ދައުރުގެ ތެރޭގައި މެންބަރުން ދައުލަތުގެ ވަޒީރުންނާ ކުރަން ފޮނުވި ހުރިހާ ސުވާލަކަށް ވަޒީރުން ޖަވާބު ދެއްވާފައިވާ ކަމަށެވެ.

"މިވަގުތު ނޯންނާނެ އިތުރު ސުވާލެއް ވަޒީރުންނާ ކުރައްވަން ފޮނުއްވާފައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ދައުރު ނިމޭއިރު މެންބަރުން ވަޒީރުންނާ ކުރަން ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބު ނުދެވި ހުރެ އެވެ.