ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށް މޯދީ ޕްރެޝަރުކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި -- ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑަގެންފި އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން މޯދީ ވަނީ ނަތަންޔާހޫއާ މަޝްވަރާކުރައްވައި ސަރަހައްދީ ސުލްހަ އިސްކުރެއްވުމަށް ދަންނަވައި ޕްރެޝަރުކުރައްވާފަ އެވެ.

މަސްލަހަތު ގެއްލޭ ހުރިހާ ކަމަކުން ދުރުވެވަޑައިގެސް ސުލްހައަށް މަޝްވަރާކުރެއްވުން ބުއްދިވެރި ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ނަތަންޔާހޫގެ އަރިހުގައި މޯދީ ވިދާޅުވި އެވެ.

ބޮޑުވަޒީރު މޯދީއާ ހަވާލާދެއްވައި އިންޑިއާގެ ނޫސްތައް ބުނާ ގޮތުން -- ނަތަންޔާހޫއަށް ފޯނުކުރެއްވުމުގެ ބޭނުމެއް ކަމަށް މޯދީ ވިދާޅުވީ ހުޅަނގު އޭޝިއާއާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ.

ދެ ލީޑަރުންގެ މަޝްވަރާތަކުގައި ދުނިޔޭގެ ހާލަތަށް ބައްލަވާލައިވައި -- ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.

އިޒުރޭލާއި ހަމާސް ސުލްހަކުރުމަށް ގަތަރާއި މިސްރުން މިހާރުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މަޝްވަރާ މޭޒު ދޮށަށް ދެ ގައުމުގެ ސަފީރުން ހާޒިރުކުރުވައި، އެއްބަސްވުމުގެ މާއްދާތަކަށް އެއްވަސްކުރުވޭތޯ ދަނީ ބަލަމުންނެވެ.

ޣައްޒާ ހަނގުރާމާ ހުއްޓާލުމަށް އދއިން އިޒުރޭލަށް ގޮވާލާފައި އޮތް ނަމަވެސް، އިޒުރޭލަށް އެކައްޗެކޭ ވެސް ހީނުވެ އެވެ.

ހަމާސް ނައްތާލައި ވުޖޫދުން ފޮހެލުމަކީ ނަތަންޔާހޫގެ ވައުދެކެވެ. ނަމަވެސް، އިޒުރޭލަށް ލިބިފައި ހުރި އަސްކަރީ ބާރުވެރިކަމާ އެކުވެސް، ހަމާސްގެ ބާރުކަނޑުވާލެވޭ ވަރު އިޒުރޭލަކަށް އަދިވެސް ނުވެ އެވެ.

އިޒުރޭލު ސިފައިން ޣާއްޒާއަށް އެރުމުގެ ބޭނުމަކީ ހަމާސް މުލުން ލުހެލުމެވެ. ނަތަންޔާހޫ ވެސް ވަނީ މި މޭރުމުން ނޫސްވެރިނަށް މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމާސް ދުނިޔޭގައި އޮތްހައި ހިނަދަކު، ޒަޔަނިސްޓުން ޣާއްޒާއަކުން ނުފައިބާނެ އެވެ.