ހަބަރު

އިންސާނީ ހައްގުތަށް ހޯދައިދެވުނު މިންވަރު ވަނީ އިތުރުވެފައި: އުމަރު

ރާއްޖޭގައި އިންސާނީ ހައްގުތައް ހޯދައި ދެވޭ މިންވަރު ވަނީ އާދަޔާ ހިލާފަށް އިތުރުކުރެވިފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ، ޓޯޗާ ޕްރިވެންޝަން އެމްބެސެޑާ ޕްރޮޖެކްޓާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ އޮރިއަންޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަކީ ހަމައެކަނި ދައުލަތުގެ ނުވަތަ އާންމުންގެ ވާޖިބެއް ނޫން ކަމަށާއި އެއީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

އިންސާނީ ހައްގުތައް ރާއްޖޭގެ މީހުންނަށް ކަށަވަރުކޮށްދޭން އެޗްއާރްސީއެމް އިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ހިއުމަން ރައިޓްސް ރިކޯޑު މީގެ ކުރިއާއި އަޅައިބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

"މިވާޖިބު އަދާ ކުރުމުގައި އިސްރޯލެއް ހިއުމަން ރައިޓްސް ކޮމިޝަނުން އަދާ ކުރައްވާ. އަދި އޭގެ ފަހަތުން ބައެއް އިދާރާތައް ވެސް މިރޯލް އަދާކުރޭ. އޭގެ ނަތީޖާއެއް އަކަށް ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރިކޯޑު ވަނީ އާދަޔާ ހިލާފަށް ރަނގަޅު ކުރެވިފައި،" އުމަރު ވިދާޅުވި އެވެ.

އިންސާނީ ހައްގުތައް ހޯދައިދޭން މަސައްކަތްކުރުމަކީ ރާއްޖޭގެ ނަން ރީތިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަށް އެ މިނިސްޓްރީގެ ފަރާތުން ވެސް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.