ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކެއްސުމުގެ ފަރުވާއަށް ބޭނުންކުރާ ބޭހެއް ވިއްކުން މަނާކޮށްފި

ކެއްސާތީ ފަރުވާއަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ މި ބޭސް މަނާކުރީ ބޭހުން ކުނޑިތަކެއް ފާހގަކުރެވުމުގެ ސަބަބުން ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ކަންތައް އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ބޭސް ވިއްކުމާއި ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

ކޮފްސީ ސިރަޕަކީ އިންޑިއާގެ އެމްއެމްސީ ހެލްތްކެއާ ލިމިޓެޑުން އުފައްދާ ބޭހެކެވެ.

މި ބޭހަކީ ކެއްސުމުގެ އިތުރުން ރޯގާއާއި ކިނބިހިއެޅުމާއި، ހިރުވުން އަދި ލޮލުން ފެން ފޭބުމުގެ ފަރުވާއަށް ބޭނުންކުރާ ބޭހެކެވެ.