އެލައިޑް އިންޝުއަރެންސް

އިންޝުއަރަންސް މެދުވެރިކޮށް ފަހަށް ރައްކާކުރުމުގެ ފައިދާއަކީ ކޮބާ؟

ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް އެންމެން ވެސް ފައިސާ ރައްކާކުރުމަކީ އާދައެކެވެ. ބޭންކުގައި އެކައުންޓް ހުޅުވައިގެންނާއި ގޭގައި ނަގުދު ފައިސާއާއި ވަކިލާރި އެއްކޮށްގެން ރައްކާކުރެ އެވެ. އެކިއެކި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެތަންތަނުގެ ސްޓޮކު މިލްކުކުރުމަކީވެސް ފަހަށް ފައިސާ ރައްކާކުރާ ގޮތެކެވެ. އަދި ބޮންޑާއި ސުކޫކް ފަދަ ފައިނޭންޝަލް އިންސްޓްރޫމެންޓްސް ގަނެގެންވެސް ފަހަށް ފައިސާ ރައްކާކުރެވިދާނެ އެވެ.

ފަހަށް ފައިސާ ރައްކާކުރުމަކީ އިންޝުއަރަންސް މެދުވެރިކޮށް ވެސް ކުރެވިދާނެ ކަމެކެވެ. ކޮންވެންޝަނަލް އިންޝުއަރަންސްގެ އިތުރުން އިސްލާމިކް އިންޝުއަރަންސް ނުވަތަ ތަކާފުލް މެދުވެރިކޮށްވެސް މިކަން ކުރެވިދާނެ އެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެލައިޑް އިންޝުއަރަންސުން ވަނީ ކޮންވެންޝަނަލް އަދި އިސްލާމިކް އިންޝުއަރަންސްގެ ތަފާތު ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ. އެއީ އެކިއެކި ސޭވިންގް ޕްލޭންސްތަކުގެ ގޮތުގައި އެކުލަވާލެވިފައިވާ ލައިފް އިންޝުއަރަންސް ޕްލޭންތަކެވެ.

ބޭންކެއްގައި މަހަކު 1,000 ރުފިޔާ ޖަމާކުރަމުން ދާނަމަ 10 އަހަރު ނިމޭ އިރު 120,000 ރުފިޔާ އެއްވި ނަމަވެސް އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގައި ނަމަ އެ އަދަދުގެ އިތުރުން ޕްލޭނުގައި ހިމެނޭ ރިސްކްތަކުން ރައްކާތެރިކަން ލިބެ އެވެ.

މިސާލަކަށް ސޭވިންއަށް ހާއްސަ ލައިފް ޕްލޭންސް މި ނަގަނީ މައިގަނޑު ތިން ހާދިސާއަކުން ރައްކާތެރިވުމަށެވެ. އެއީ ނިޔާވުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ނުވަތަ ބޮޑު ބައްޔަކާ ހެދި ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހި އާމްދަނީ ލިބޭނެ ކޮޅު ބަންދުވުމެވެ.

މި ތިން ކަމަށް ރައްކާތެރިކަން ލިބޭނެހެން، އިންޝުއަރަންސްގެ ޕްރީމިއަމް ނުވަތަ ތަކާފުލްގެ ކޮންޓްރިބިއުޝަން ދައްކަން ފަށާ ހިސާބުން ފުރަތަމަ އަހަރު ނުވަތަ ދެވަނަ އަހަރު ތެރޭގައި މިކަހަލަ ކަމެއް ދިމާވި ނަމަވެސް އެއްކަލަ 120,000 ރުފިޔާ އެ ދުވަހުން ލިބޭނެ އެވެ. ދިހަ އަހަރު މަޑުކުރާކަށް ނުޖެހޭނެ އެވެ.

ހާދިސާއެއް ދިމާނުވާ ނަމަ ރައްކާކުރަން އަމާޒުކުރި 120,000 ރުފިޔާ، އެއަށް ލިބުނު ފައިދާއާ އެކު 10 އަހަރު ފަހުން ލިބޭނެ އެވެ.

އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކުރެވޭ ގިނަ ޕްލޭނުތަކެއް ހުރެ އެވެ. މީގެތެރޭގައި 5 އަހަރުން ދަށުގެ ކުދިންގެ މަތީ ތައުލީމަށްޓަކައި ފައިސާ ރައްކާކުރުމަށް އެލައިޑްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސް ޕްލޭނާއި، އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން، ފަހަށް ފައިސާ ރައްކާކުރުމަށާއި ލައިފް އިންޝުއަރަންސް ވެސް ހިމެނޭ ގޮތަށް އަޔާދީގެ އިންވެސްޓްމެންޓް ތަކާފުލް، ރައްކާކުރާ ފައިސާ އެކި މުއްދަތުން ނެގޭ ގޮތަށް އޮންނަ އެލައިޑްގެ ކޭޝްބެކް ޕްލޭން އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ނިޔާވުމުން ސަބަބުން ބޭންކު ލޯނު ދެއްކުމުގެ ޒިންމާއާއި ބުރަ އާއިލާގެ އެހެން މީހަކު އުފުލަންޖެހުނަ ނުދިނުމަށްޓަކައި އެލައިޑްގެ މޯގޭޖް ޕްރޮޓެކްޝަން ޕްލޭން އަދި އަޔާދީގެ މޯގޭޖް ތަކާފުލް ފަދަ ޕްލޭންތަކާ ބެހޭ މައުލޫމާތު، އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.