މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ދެން ދާނީ ރަނގަޅުވަމުން: މެޓް އޮފީސް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރި ނަމަވެސް އާންމު ގޮތެއްގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މި ހަފްތާވެސް މޫސުން ގޯސްކޮށް ދިޔަ ނަމަވެސް ކުރިއަށް އޮތީ މޫސުން ރަނގަޅު ދުވަސްކޮޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވައިޖެހޭ މިންވަރުވެސް މަޑުވާނެ ކަމަށް ބުންޏެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލަށް ވައިޖެހޭނެ އެވެ. އަދި ދެކުނަށް 5 މޭލަށް 15 ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައިވެސް އަދިވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.