ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން އޭނާ ބީއެމްއެލް ބޯޑުން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ.

އައިޝަތު ނޫރައްދީނަކީ ބީއެމްއެލްއަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުވައްޒަފުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 42 އަހަރު ބީއެމްއެލްއަށް ހިދުމަތް ކުރައްވާފަ އެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކުރި މައްސަލައިގައި ސަރުކާރުން އަދި އެއްވެސް ނުބުނެ އެވެ.

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކޮށްފައި މިވަނީ ބޮޑެތި ނިންމުންތަކެއް ބީއެމްއެލް އިން ނިންމަން ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

ބީއެމްއެލް އަކީ އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ އެ ކުންފުނީގެ ބޯޑު މެންބަރަކު ވަކިކުރުމުގައި ގޮތް ނިންމޭނީ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކުންނެވެ.