ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވައިފި އެވެ.
މިބަދަލު ގެނެސްފައިވާ ކަމަށް މުހުތާޒު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ސިންގަޕޫރުގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރަކަށް މުހުތާޒު އައްޔަންކުރެއްވުމަށް ނިންމަވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.
މުހުތާޒު ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެެވެ.