ދިވެހި ސިނަމާ

"ކަމަނާ" ޕްރިމިއާކޮށްފި

"ކަމަނާ" ފިލްމުގައި ހަރަކާތްތެރިވާ މައިގަނޑު ތަރިން
0%
0%
0%

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު "ކަމަނާ" ރޭ ޕްރިމިއާކޮށްފި އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވީ އަންހެނެއްގެ ހަޔާތް ދައްކުވައިދޭ މި ފިލްމު ރޭ ޕްރިމިއާ ކުރުމުގެ ކުރިން 14 ޝޯގެ ޓިކެޓް ވަނީ ވިކި ހުސްވެފަ އެވެ.

ފިލްމު ޕްރިމިއާ ކުރުމަށް ބޭއްވި ރަތް ދޫލަ ހަފްލާގައި އެކި ކުލަކުލައިގެ ނަލަ ހެދުމުން ޖަރީވެފައިވާ ފިލްމުގެ ތަރިންނާއި އެހެން ބައެއް ފަންނާނުންވެސް ފެނިގެން ދިޔަ އެވެ.

މި ފިލްމުގައި މަރިޔަމް އައްޒަ (އައްޒަ)، ޔޫސުފް ޝަފިއު (ޔޫއްޕެ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު، އަހްމަދު ނިމާލު އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް ފެނިގެންދެ އެވެ.

ފިލްމުގައި މައިގަނޑު ރޯލު ކުޅޭ އައްޒަ މި ފިލްމުން ފެންނަނީ އޭނާ މީގެ ކުރިން ފެނިފައި ނުވާ، ތަފާތު ގޮތަކަށެވެ. ފިލްމަށް އައްޒަ ވަނީ ހަށިގަނޑުވެސް ފަލަކޮށްފަ އެވެ.

ފިލްމު ފެށެނީ ހއ. މޮޅަދޫއަށް ނިސްބަތްވާ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރުންނެވެ. ނަމަވެސް މިފިލްމުން ފެނިގެންދާ ދެމަފިރިން -- ރިމްޝާ އާއި ހައިދަރުގެ މުޅި ދިރިއުޅުމަށް ބިރުވެރިކަމާއި ހިތާމަވެރިކަން ފަހުން ވެރިވެގެންދެ އެވެ.

އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އޮތް ހާލަތު މި ފިލްމުގައި ވަރަށް ރަނގަޅަށް ފެނިގެންދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345