އަހުމަދު ހައިތަމް

ހައިތަމް ލަންކާގައި ދުއްވާ ކާރު ގޮއްވާލި ކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހައިތަމް ސްރީލަންކާގައި ދުއްވާ ކާރެއް "ގޮއްވާލައިފި" އެވެ.

ހައިތަމްގެ އާއިލާ އިން ބުނާ ގޮތުގައި މި ކާރު ގޮއްވާލީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ދުއްވާފައި ދަނިކޮށް ފަހަތުން އައި އެހެން ބަހެއް އެ ކާރުގައި ޖެހުމާ ގުޅިގެން މަރާމާތުކުރުމަށް ގަރާޖަކަށް ލާފައި އޮއްވާ ކަމަށް ގަރާޖުގެ ވެރިފަރާތާ ބުނާ ކަމަށެވެ.

ހައިތަމް ލަންކާގައި ދުއްވަމުން ދިޔަ ކާރަކީ އޭނާގެ އަންހެނުން ޝަޖަން މުއާޒް ޝަހީމްގެ މަންމަގެ ކާރެއް ކަމަށްވެ އެވެ.

މިމައްސަލަ ހައިތަމްގެ އަންހެނުންގެ އާއިލާ އިން މިހާރު ވަނީ ލަންކާގެ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ހައިތަމްގެ އާއިލާ އިން ބުނާ ގޮތުގައި އެ ދެމަފިރިން މާލޭގައި އުޅޭއިރު ބަޔަކު އެ މީހުންނަށް ފާރަލަ އެވެ. އަދި މީގެކުރިން މާލޭގައި ދުއްވި ކާރެއްގައިވެސް ބަޔަކު ޖައްސާ ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ހައިތަމް މަޖިލިސް މެންބަރެއްގެ ގޮތުގައި މާލޭގައި ދިރިއުޅުއްވިއިރުވެސް އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.