ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.
މިއީ ރައީސްގެ ދެކަނބަލުންގެ ނުރަސްމީ ދަތުރުފުޅަކަށް ވާތީ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ސިއްހީ ފަރުވާއެއް ހޯދުމަށް ކުރެއްވި ދަތުރުފުޅެކެވެ.