ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސަފީރުންނަށް ޖެއްސުން ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

ސައުދީ އަރަބިއްޔާގެ ސަފީރު ދިރިއުޅުއްވާ ގެއަށް މީހަކު ކުނި އަޅަނީ --
0%
0%
0%

ސަފީރެއް ގޭގެ އިން ފަހަނަ އަޅައި ގޭ ތެރެއަށް ކުނި އެޅުމަކީ ފަލަސްތީނަށް ނަސްރުދިނުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު ދިރިއުޅުއްވާ ގެއަށް މީހަކު ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފަލަސްތީނަށް އިޒްރާލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތައް ކައިރީގައި އިއްޔެ ބަޔަކު ވަނީ އަޑުއުފުލާފަ އެވެ.

އެމްބަސީތައް ކައިރީގައި އަޑު އުފުލި މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ހިމެނެ އެވެ.

"މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ހިނގާނެ ގޮތެއް ނޫން. ރަނގަޅު ގޮތް ބުނެދޭން ތިބޭ މީހުން ހަގީގަތް އޮޅުވާލުމަކީ އިސްލާމް ދީނަށް ދެވޭ އެންމެ ބޮޑު ގެއްލުން،" ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910