ދުނިޔެ

"ގުޅުމެއް އުފެއްދޭނީ ފަލަސްތީނުގެ ދައުލަތް ޔަގީންވުމުން"

Nov 22, 2020

ސައޫދީއަށް އިޒްރޭލާއެކު ގުޅުމެއް އުފެއްދޭނީ ފަލަސްތީނުގެ މައްސަލައަށް ޔަގީން ހައްލެއް ލިބި ފަލަސްތީނުގެ ދައިލަތް ޔަގީން ކޮށްދޭ އެއްބެސްވުމެއް ގާއިމުވުމުން ކަމަށް ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.

ފަރުނާން ވިދާޅުވީ އެމެރިކާގެ ރިޔާސަތަށް އަންނަ ބަދަލާއެކު މެދުއިރުމައްޗަށް ހަމަޖެހުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެފަދަ ހަމަޖެހުމެއްގެ ތެރެއިން އިޒްރޭލާއެކު ސައުދީއަށް ވެސް ސުލްހައިގެ ގުޅުމެއް އުފެއްދިދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ ވަކި ފަލަސްތީނުގެ ދައުލަތް އުފެދުމުގެ ބަހުސަށް ނިމުން އައިސް އެކަންކަން ފުރިހަމަ ވެގެން ދިއުމުން ކަމަށެވެ.

އެމެރިކާ އިސްވެ ކުރިޔަށް ގެންދާ މެދުއިރުމަތީގެ ނޯމަލައިޒޭޝަން ޕްރޮގްރާމްގައި ޔޫއޭއީ އާއި ބަހްރޭނުން ވަނީ އިޒްރޭލާއެކު ގުުޅުން ގާއިމުކޮށްފަ އެވެ. އެ ގުޅުންތަކަށް ސައުދީގެ ތާއީދު އޮވެ އެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ޖޯ ބައިޑަންގެ އެޑްމިނިސްޓްރޭޝަނެއްގައި ސަރަހައްދުގެ ސުލްހަ ޔަގީންވެގެން ދާނެ ކަމަށް." ޖީ 20 ގެ ލީޑަރުންގެ ސަމިޓްގެ ހަވާސާއިން ވާޗުއަލްކޮށް ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ބިން ފަރުހާން ވިދާޅުވި އެވެ. "ގުޅުން ބަދަހި ކުރުމަށާއި ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަޝްވަރާއެއް ސައުދީން ކުރާނެ،"

ފައިސަލް ބިން ފަރުހާންގެ މި ވާހަކަތަކަކީ ސައޫދީގެ ފަރާތުން އައި އާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް އަލުން މި ވާހަކަތަށް ތިލަވެފައި ވަނ އެމެރިކާގެ ޒައާމަަތަށް އަންނާނެ ބަދަލާއެކު މެދު އިރުމަތީގެ "ނޯމަލައިޒޭޝަން" ޕްރޮގްރާމަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ދެކެވޭ ވަހަކަތައް އިތުރުވެފައިވާތީ އެވެ.