ދިރާގު

ދިރާގުން ސީއޭ މޯލްޑިވްސްއާއެކު ޕާޓްނާޝިޕެއް ހަދައިފި

ދިރާގުން މޯލްޑިވްސް އެކައުންޓެންޓް ފޯރަމް (އެމްއޭއެފް)އަށް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އާއެކު ޕާޓްނާޝިޕެއް ހަދައިފި އެވެ.

އެމްއޭއެފްއަކީ ރާއްޖޭގައި އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު އެކައުންޓެންޓުން އެއްތަނަކަށް ޖަމާވެ، ތަޖުރިބާތައް ހިއްސާކޮށް، އެކަކު އަނެކަކާ ބައްދަލުވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އެމްއޭއެފްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އަހަރުގެ ތީމް ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ)ގެ އިނޮވޭޓިވް ކަމަށް އަމާޒުކުރުމަކީ ފައިނޭންސިން ދާއިރާގެ މުސްތަގުބަލަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ދިރާގުން އަންނަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްއޭއެފްއަކީ އެކައުންޓެންޓުން ކުރިމަގަށް ފައިދާ ކުރާނެ ކޮންފަރެންސެކެވެ.

މީގެއިތުރުން ދިރާގުން އަންނަނީ މުޖުތަމައުގެ ފައިދާއަށް އެކި ދާއިރާތަކަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ބައެއް ޕްރޮގްރާމްތައް ދިރާގުން އިސް ނަގައިގެންވެސް ކުރިއަށް ގެންދެ އެވެ.