މޯލްޑިވްސް ޕޮލިސް ސާވިސް

އިނަ މޯލްޑިވްސްގެ އޮފީސްތައް ފަޅާލުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިނަ މޯލްޑިވްސްގެ އޮފީސްތަކެއް ފަޅާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ބުލްބުލާގެ، އަޒްމީލް މުހައްމަދު (40 އ) އެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް، އޭސް ޓްރަވެލްސް އަދި ގަތަރު ކާގޯ އޮފީސް ފަޅާލި ކަމަށެވެ.

މި ހުރިހާ އޮފީސްތަކެއް ވެސް ހުންނަނީ މާލޭގެ އަމީރުއަހްމަދު މަގުގައެވެ.

މި ހުރިހާ އޮފީހެއްވެސް ފަޅާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދާދި އެއްވަގުތެއްގައެވެ.