ކަރީނާ ކަޕޫރު

ކަރީނާ ބޯޓޮކްސް ބޭނުމެއް ނުވޭ، ސައިފަށް އޭނާ ރީތި

ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ބޯޓޮކްސް ބޭނުންނުވާ ކަމަށް އޭނާ ބުނެފި އެވެ.

ބޯޓޮކްސް އަކީ އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް ރޫޖެހުން އިތުރުވާތީ ހަންގަނޑުގެ ރޫޖެހުން ކުޑަކޮށް، ޒުވާންކަން މަތީ ހުރުމަށް ޖަހާ އިންޖެކްޝަނެކެވެ.

ކަރީނާ ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދުވަސްވާ ވަރަކަށް މޫނުގައި ގިނަވާ ރޫތައް ފިލުވަން މީހުން ބޭނުންކުރާ ބޯޓޮކްސް އޭނާ ބޭނުންނުވާ ކަމަށާއި އޭނާ މުސްކުޅި ވިޔަސް ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އަށް ކަމުދާ ކަމަށެވެ.

ކަރީނާ ބުނީ ބޯޓޮކްސް ފަދަ ތަކެތި ބޭނުންކޮށް ޒުވާންވާން އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި މުސްކުޅިވެ، މޫނުގައި ރޫޖެހުމަކީ ދިރިއުޅުމުގެ ބައެއް ކަމަށާއި އެކަން އޭނާ ބަލައިގަންނަ ކަމަށްވެސް ބުންޏެވެ.

"އުމުރާއެކު މީހާ ބަދަލުވުމަކީ ރީތިކަމެއް،" ކަރީނާ ބުންޏެވެ.

ކަރީނާ ބުނީ ސައިފަށްވެސް އަދި ރަށްޓެހިންނަށްވެސް އޭނާ ރީތި ކަމަށެވެ. އަދި އޭނާ ކުޅޭ ފިލްމުތަކަށްވެސް ކާމިޔާބު ލިބޭ ކަމަށެވެ.

ކަރީނާ އިތުރަށް ބުނީ ފިލްމުތަކުގައި އޭނާ އަބަދުވެސް ކުޅެނީ އުމުރާ ގުޅޭ ރޯލުތައް ކަމަށެވެ.

"އަހަރެން ބޭނުންވަނީ އަހަރެން، އަހަރެންގެ ގޮތުގައި އެހެން މީހުންނަށް ފެންނަން،" ކަރީނާ ބުންޏެވެ.

ކަރީނާ ވަނީ އޭނާގެ ސެލްފް-ކެއާ ރޫޓީން ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން އަމިއްލަ މީހާއަށް ނުވަތަ އަމިއްލަ ނަފްސަށްވެސް ވަގުތުދޭ ކަމަށާއި މީގެތެރޭގައި ރައްޓެހިންނާއެކު މަޖާކޮށްލުން، ސައިފްއާ އެކު އެއްޗެއް ކައްކާލުން ނޫނީ ކަސްރަތު ކުރުން ހިމެނޭ ކަމަށް ބުންޏެވެ.