ބޮލީވުޑް

އާދަރް ޖައިންގެ އެންގޭޖްމަންޓް ބޭއްވީ ރާއްޖޭގައި

އާދަރް ޖައިންގެ އެންގޭޖްމަންޓް ފޮޓޯއެއް
0%
0%
0%

ބޮލީވުޑްގެ އެކްޓަރު އަދި ކަރީނާ ކަޕޫރުގެ ކޮއްކޮއެއް ކަމަށްވާ އާދަރް ޖައިންގެ އެންގޭޖްމަންޓް ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓުގައި ބާއްވައިފި އެވެ.

އެންގޭޖްމަންޓް ބޭއްވީ އިއްޔެ އިރުއޮއްސުނު ވަގުތު އެވެ.

އާދަރް ވަނީ އެންގޭޖްމަންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައ ހިއްސާކޮށްފަ އެވެ.

ފޮޓޯއާއެކު އޭނާ ކެޕްޝަންގައި ޖަހާފައިވަނީ އަލޭކާއަކީ އޭނާގެ ފުރަތަމަ ކްރަޝް، އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނާގެ މުޅި އުމުރުގެ ބައިވެރިޔާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ އެންގޭޖްމަންޓް ބޭއްވީ ރިސޯޓުގެ ދޮންވެލީގަނޑު މަތީގައެވެ. އެތަން ވަނީ ފިނިފެން މަލުގެ ފިޔަތަކުން ފުރާލާފަ އެވެ.

ދެ ލޯބިވެރިންނަށް ކަރީނާ ވަނީ ހެޔޮ އެދުންތައް ފޮނުވާފަ އެވެ.

އާދަރް އާއި އޭނާގެ ލޯބިވެރިޔާ އަލޭކާ އަދުވާނީގެ ގުޅުން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މީގެ ކުރިން އާދަރް ރައްޓެހިވީ ބޮލީވުޑްގެ އެކްޓްރެސް ތާރާ ސުތިއާރާއާ އެވެ. ނަމަވެސް އެ ދެމީހުން ވަނީ 2022 ވަނަ އަހަރު އެ ގުޅުން ނިންމާލާފަ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910