ކަރީނާ ކަޕޫރު

ކަރީނާގެ އާ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު

"ދަ ބަކިންހަމް މާޑާސް" ގެ ޕޯސްޓަރު
0%
0%
0%

ކަރީނާ ކަޕޫރުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމު "ދަ ބަކިންހަމް މާޑާސް"އަށް މާބޮޑު ތަރުހީބެއް ނުލިބޭކަން ހާމަވެއްޖެ އެވެ.

ފިލްމު އިއްޔެ ރިލީޒްކުރުމަށްފަހު ބޮކްސް އޮފީހުގައި ލިބުނީ އެންމެ 1.15 ކްރޯޑް ރުޕީސް އެވެ.

ކްރައިމް ތްރިލާއެއް ކަމަށްވާ މި ފިލްމަކީ ހަތަރު މީހަކު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

އެގޮތުން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނެނީ މި ފިލްމުގައި މައިގަނޑު ރޯލެއް އަދާކޮށްފައިވާ ކަރީނާ ކަޕޫރާއި، ޝޯބާ ކަޕޫރާއި، ހަންސަލް މެހްތާގެ އިތުރުން އިތުރުން އެކްތާ ކަޕޫރެވެ.

ފިލްމުގައި ކަރީނާ ކުޅެނީ ބަކިންހަމްޝަޔާގައި މަރާލާފައިވާ ކުޑަ ކުއްޖެއްގެ މައްސަލަ ތަހުގީގުކުރާ ބްރިޓިޝް-އިންޑިއަން ޑިޓެކްޓިވް އެއްގެ ރޯލެވެ.

ފިލްމުން ކަރީނާގެ އިތުރުން ކީތް އެލެންއާއި، ޕްރަބްލީން ސަންދުވެސް ފެނިގެންދެ އެވެ.

ދަ ބަކިންހަމްމާޑާސްގެ އިތުރުން އިއްޔެ ވަނީ ބޮލީވުޑްގެ އިތުރު ދެ ފިލްމެއް ރިލީޒްކޮށްފަ އެވެ. އެގޮތުން "ސެކްޓާ 36" އާއި "ބާލިން"ވެސް ރިލީޒްކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910