ދިޕިކާ ޕަދުކޯން

ދީޕިކާގެ މެޓާނިޓީ ޝޫޓުގެ ފޮޓޮތައް ދައްކާލައިފި

ބޮލީވުޑް އެކްޓްރެސް ދީޕިކާ ޕަޑުކޯންގެ މެޓާނިޓީ ޝޫޓުގެ ފޮޓޮތައް އިންސްޓަގްރާމުގައި ދައްކާލައިފި އެވެ.

ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގަށް ދަރިއަކު ލިބޭކަން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ 29 ވަނަ ދުވަހު ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އަދި މި މަހު ދަރިފުޅު ވިހެއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދެތަރިން ބުންޏެވެ.

ދީޕިކާ ޕޯސްޓުކުރި ފޮޓޯތަކުން ދީޕިކާއާއި ރަންވީރު ވެސް ފެނިގެންދެ އެވެ. ކަޅާއި ހުދުން ފެންނަ މި ފޮޓޯތަކުގައި ދެތަރިންގެ އުފާވެރި މަންޒަރުތަކެއް ފެނިގެންދެ އެވެ.

ދެމަފިރިންނަށް ވެސް ހެޔޮ އެދުންތައް ފޮނުވަމުން ބޮލީވުޑްގެ ގިނަ ތަރިން ވަނީ އެ ޕޯސްޓަށް ކޮމްންޓް ކޮށްފަ އެވެ. އެގޮތުން ކެޓްރީނާ ކައިފާއި، ޕްރިޔަންކާ އަދި ދީޕިކާގެ ކޮއްކޮ އަނީޝާ ޕަޑުކޯން ވެސް ކޮމެންޓް ކުރި އެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ދެމަރިފިންނަނށް ލިބޭ އަލަތު ދަރިފުޅަކީ ފިރިހެން ކުއްޖެކެވެ.

ދީޕިކާ ވިހެއުމަށް ހަމަޖެހިފައިވާ ދުވަހަކީ މަޝްހޫރު ބޮލީވުޑް ތަރި އަދި ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އުފަން ދުވަސް ކަމަށްވާ 28 ސެޕްޓެމްބަރެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ކަލްކީ 2829 - އޭޑީ" އިންނެވެ. މި ފިލްމުގައި އޭނާއާ އެކު ޕްރަބާސްއާއި، އަމީތާބް ބައްޗަންގެ އިތުރުން ކަމާލް ހަސަން ވެސް ފެނިގެންދެ އެވެ.