ދިޕިކާ ޕަދުކޯން

ދީޕިކާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް

ދީޕިކާ އާއި ރަންވީރު
0%
0%
0%

މަޝްހޫރު ބޮލީވުޑް އެކްޓްރެސް ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ މިއަދުގެ ވަގުތެއްގަ އެވެ.

ރިޕޯޓުތަކުން އެނގިފައިވާ ގޮތުގައި ދީޕިކާ އިއްޔެ ވަނީ މަމްބައިގައި ހުންނަ މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީގެ ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

ދީޕިކާއާއި ދަރިފުޅުގެ ހަލު ވެސް ރަނގަޅުކަމަށް އެނގިފައިވެ އެވެ.

ދީޕިކާއާއި ރަންވީރު 2028ގައި ކައިވެނި ކުރުމަށްފަހު ދީޕިކާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ބަނޑުބޮޑުކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދީޕިކާ ވަނީ އޭނަގެ މެޓާނިޓީ ޝޫޓުގެ ފޮޓޯތައް ވެސް އިންސްޓަގްރާްމުގައި ހިއްސާކޮށްފަ އެވެ.

ދީޕިކާ ވިހެއުމަށް ހަމަޖެހިފައިވާ ދުވަސް ކަމުގައި ކުރީގެ ރިޕޯޓުތަކުން އެނގިފައިވަނީ މަޝްހޫރު ބޮލީވުޑް ތަރި އަދި ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އުފަން ދުވަސް ކަމަށްވާ 28 ސެޕްޓެމްބަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345