ބޮލީވުޑް

ރަންވީރުއާ އެއްވެސް މައްސަލައެއް ނެތް: ދީޕިކާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް ދޭހަވާ ގޮތަށް ދީޕިކާ ވާޙަކަ ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޑަޗަސް އޮފް ސަސެކްސް މެގަން މާކަލްގެ ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ދީޕިކާ ވަނީ ބައިވެރިވެފަ އެވެ.

މި ޝޯގައި މެގަންއާ ވާހަކަ ދައްކަމުން ދީޕިކާ ވަނީ އޭނާގެ ކައިވެނީގައި މައްސަލަ ޖެހިގެން އުޅޭކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.

"މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވާން އަހަރެންގެ ފިރިމީހާ [ރަންވީރު] ގޮސް އުޅޭތާ ހަފުތާއެއް ވެފައި މިއަދު އަތުވެއްޖެ. އެނބުރި އައުމަށްފަހު އަހަރެންގެ މޫނު ފެނިލީމަ އޭނާ ވަރަށް އުފާވާނެ،" ދީޕިކާ ބުންޏެވެ.

ދީޕިކާ އާއި ރަންވީރުގެ މެދުގައި މައްސަލަތަކެއް އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ޚަބަރު ފެތުރީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ''

މި ހަބަރު ފެތުރުމާއެކު ރަންވީރު އާއި ދީޕިކާ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުން ވެސް އެކަކު އަނެކަކަށް މެސެޖުތައް ފޮނުވައި އެމީހުންގެ މެދުގައި މައްސަލައެއް ނޫޅޭކަން ސާބިތުކޮށްދޭން މަސައްކަތް ކޮށްފައިވެ އެވެ.