ބޮލީވުޑް

ދީޕިކާ އާއި ރަންވީރުގެ ކައިވެނީގައި މައްސަލަ ޖެހުނީތަ؟

ދީޕިކާ އާއި ރަންވީރު
0%
0%
0%

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ބުނެ އިއްޔެ އިންޑިއާގެ ނޫސްތަކުން ވަނީ ޚަބަރުތަކެއް ފަތުރާފަ އެވެ.

މި ވާހަކަތަކެއް މާ ހޫނުވީ އުމައިރު ސަންދޫ ނަމަކަށް ކިޔާ ފިލްމް ކްރިޓީކްސް އަކު ކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ. މި މީހާ އަކީ އޯވަސީޒް ސެންސަރު ބޯޑުގެ މެންބަރެއް ވެސް މެއެވެ.

މި މީހާ މި ޓުވީޓެއް ކުރީ ދީޕިކާއަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާތީ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމުގެ ޚަބަރުތަކެއް އިންޑިއާގެ ނޫސްތަކުގައި ޖެހިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ދީޕިކާ އާއި ރަންވީރު 2018ގައި ކައިވެނިކުރީ ހައެއްކަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގަ އެވެ. ވީމާ ފާއިތުވީ 10 އަހަރު ގުޅިގެން ވަރަށް ލޯތްބާއެކު އެހެން މީހުންނަށް މިސާލު ދެއްކި ދެމަފިރިންގެ ޒަވާޖީ ހަޔާތުގައި ކުއްލިއަކަށް ޖެހުނީ ކޮން ކުންޏެއް ބާއޭ ވަރަށް ގިނަ މީހުން އިއްޔެ ސޯޝަލް މީޑީއާގައި ސުވާލު އުފައްދާފައި ވެއެވެ.

ދީޕިކާ އާއި އޭނާގެ ކައިވެނީގައި މައްސަލަތަކެއް އުޅޭކަމަށް ފެތުރޭ ވާހަކަތައް ރަންވީރު ދޮގު ކުރެ އެވެ. އޭނާ ބުނި ގޮތުގައި އެމީހުންގެ ކައިވެނި އޮތީ ވަރަށް "ވަރުގަދަ"ކޮށެވެ.

"އަހަރެމެން ރައްޓެހިވީ 2012 ގައި. އަދި 2022 އަށް އަހަރެމެންގެ ގުޅުމަށް 10 އަހަރު ފުރިއްޖެ. މި މުއްދަތުގައި އަހަރެމެންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވޭ،" ދާދިފަހުން ރަންވީރު ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

އޭނާ އާއި ދީޕިކާ ވަކިވާން އުޅޭ ކަމުގެ ޚަބަރުތައް ފެތުރުމާއެކު ރަންވީރު ޝެއާ ކުރި ޕޯސްޓެއްގައި ދީޕިކާއާ އެކު އިތުރު ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށަން އުޅޭކަމަށް ބުނެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345