އިގްތިސޯދު

ރާއްޖެއަށް އިތުރު ދައްޗެއް، ސުކޫކުގެ އަގު ވެއްޓިއްޖެ

ރާއްޖޭގައި މިވަގުތު ކުރިއަށްދާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަވަސް
50%
0%
50%

ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް -- ބްލޫމްބާގްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސުކޫކުގެ އަގު ވެއްޓިފައިވަނީ ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ އާއި ލޯންތައް ދެއްކިދާނެ ކަމަށް އޮތް ޔަގީންކަން ކުޑަވެފައިވާތީ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސްކޫކެއް އަދި މިހާތަނަށް ޑިފޯލްޓްވެފައެއް ނުވެ އެވެ.

ރާއްޖޭގެ ސްކޫކެއްގެ އަގު ސްޓޮކް މާކެޓްގައި މިވަގުތު ހުރީ ޑަބަލް ޑިޖިޓުގެ ވެއްޓުމަކާ އެކު 70 ސެންޓުގައެވެ. ރާއްޖޭގެ ސްކޫކް ސްޓޮކް މާކެޓްގައި ލިސްޓް ކުރި ފަހުން 2022 ވަނަ އަހަރަށް ފަހު މިހާ ބޮޑަށް އަގު ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ސުކޫކުގެ އަގު ވެއްޓިފައި މިވަނީ ރާއްޖެ އިން 2026 ވަނަ އަހަރު ސްކޫކަށް އެއްކޮށް ފައިސާ ދައްކަންޖެހިފައި ވަނިކޮށެވެ.

ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވެ ކުންފުނި -- ފިޗް ރޭޓިންގައި ވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް އޭގެ ކުރިން ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ވަނީ ދަށްކޮށްފަ އެވެ. ފިޗުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކުރީ ފާއިތުވި ތިން އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްފަހު އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރިޒާވްގައި ހުރީ 395 މިލިއަން ޑޮލަރެވެ. މީގެތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒާވަށް ބުރަ ބޮޑުވެފައިވާތީ އިންޑިއާގެ ސެންޓްރަލް ބޭންކް ނުވަތަ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށްވެސް މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345