އަބީޝެކް ބަޗަން

ވަރިއާއި ބެހޭ ޕޯސްޓަށް އަބީޝެކް ލައިކު ދިން ސަބަބު ހާމަވެއްޖެ

އަބީޝެކް ބައްޗަން، އައިޝްވާރިޔާ ރާއީ އަދި ދެމަފިރިންގެ އަންހެން ދަރިފުޅު
100%
0%
0%

ވަރިއާއި ބެހޭ ގޮތުން އިންސްޓަގްރާމްގައި މީހަކު ކޮށްފައި އިން ޕޯސްޓަކަށް އަބީޝެކް ބައްޗަން ލައިކު ދިން ސަބަބު ހާމަވެއްޖެ އެވެ.

ބިލިއަނަރު މުކޭޝަން އަމްބާނީ ހަގު ދަރިފުޅު އާނަންތު އަންބާނީގެ ކައިވެނީގެ ހަފްލާގައި މަޝްހޫރު ދެމަފިރިން އަބީޝެކާއި އައިޝްވާރިޔާ ރާއީ ވަކިން ފޮޓޯ ނެގުމުން ފޭނުން ވަނީ ދެމީހުން ވަކިވާނެ އުޅޭކަމުގެ އަޑުތައް ފަތުރާފަ އެވެ.

އެ އަޑުތައް އަނެއްކާވެސް އޭރު ގަދަވީ ވަރިއާއި ބެހޭގޮތުން "އިންޑިއަން އެކްސްޕްރެސް"ގެ މެގަޒިންއެއްގައި މަސައްކަތްކުރާ ނޫސްވެރިޔަކު ލިޔުނު އާޓިކަލަކަށް އަބީޝެކް ލައިކް ދިނުމުންނެވެ.

ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެމުން އަބީޝެކް ބުނީ އެ ޕޯސްޓަށް ލައިކު ދިނީ ޕޯސްޓުގައި ލިޔެފައި އިން އާޓިކަލްގައި އައިޝްވާރިޔާގެ ރައްޓެއްސެއް ކަމަށްވާ ޒިރާކް މާކަރު ބައިވެރިވެފައިވާތީ ކަމަށެވެ.

އެއަށްފަހު ގިނަ ފޭނުން ވަނީ ހިތްހަމަޖެހުމުގެ ކޮމެންޓްތަކެއް ކޮށްފަ އެވެ. ބައެއް މީހުން ވަނީ އެ ޕޯސްޓަށް ލައިކުކުރުމުން އެންމެ ކުރިންވެސް އެއަށް އިތުރު ފުން މާނައެއް ނެތް ކަމަށް އެމީހުން ގަބޫލުކުރި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345