ބޮލީވުޑް

އައިޝްވަރިޔާއަށް ދެވަނަ ދަރިއެއް ލިބެނީތަ؟

އައިޝްވަރިޔާ ރާއީ ބައްޗަން ދެވަނަ ދަރިއަކަށް ބަނޑު ބޮޑުކަމަށް ދެކެވޭ ވާހަކަތައް ގަދަވެއްޖެ އެވެ.

މި ވާހަކަތަކެއް ދެކެވެން ފަށާފައިވަނީ އައިޝްވަރިޔާ މުމްބައި އެއާޕޯޓުން ނުކުންނަނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކެއް އާއްމު ވުމުންނެވެ.

ފިރިމީހާ އަބީޝެކް ބައްޗަން އާއި ދަރިފުޅު އާރާދިޔާ އާއެކު އައިޝްވަރިޔާ އެ ދުވަހު އެއާޕޯޓުން ނުކުތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ވެއިސްކޯޓެކެވެ.

މި ހެދުމުގައި އޭނާ ހުރިއިރު ވެސް ބަނޑު މަތިން ވަރަށް ފުއްޕާފައި ހުރި ގޮތަށް ފެނެ އެވެ. އެހެންވެ ބަނޑުބޮޑު ކަމުގެ ވާހަކަތައް ގަދަވީ އެވެ.

އައިޝްވަރިޔާ، 48، އަށް ފާޑުކިޔާ މީހުން ބުނަނީ ބަނޑުބޮޑު ވިޔަސް އެ ވާހަކަ ކޮންމެހެން ސިއްރުކޮށްގެން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އައިޝްވަރިޔާ ބަނޑުބޮޑު ވާހަކަ ދެކެވެނިކޮށް އޭނާގެ އާ ފިލްމު "ޕޮންނިޔިން ސެލްވަން"ގެ ޕޯސްޓަރުތައް ވަނީ ރިލީޒްކޮށްފަ އެވެ.

މިއީ ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމެކެވެ.