މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ސްޓޭޓް މިނިސްޓަރު ޔޫސޭ ވަކިކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) މަގާމުން ވަކިކޮށްފި އެވެ.

އޭނާ ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އަވަސް މައުލޫމާތު ލިބިފައިވެ އެވެ. މަގާމުން ވަކިކުރި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ޔޫސުފް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިސް ބޭފުޅެކެވެ.

ޔޫސުފް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

މީގެއިތުރުން ޔޫސުފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ގަމު ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރައްވާފަ އެވެ.