ބޮލީވުޑް

ބޮލީވުޑް ތަރި ވިކާސް މަރުވެއްޖެ

ބޮލީވުޑް އެކްޓަރު ވިކާސް ސެޓީ
0%
0%
0%

ބޮލީވުޑްގެ އެކްޓަރު ވިކާސް ސެޓީ މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރުވިކަން އެނގުނީ ހޮނިހިރު ދުވަހުގެ ރޭ ނިދާފައި ނުތެދުވެގެން ބެލުމުންނެވެ.

އުމުރުން 48 އަހަރުގެ މަޝްހޫރު ބޮލީވުޑް އެކްޓަރު މަރުވީ ކާޑިއަކް އެރެސްޓެއްގެ ސަބަބުން ކަމަށް އެނގިފައިވެ އެވެ.

އޭނާގެ ޖަނާޒާގެ ކަންކަން މިއަދު މުމްބާއީގައި ކުރިއަށް ދާނެ އެވެ.

ވިކާސް ސެޓީގެ އަންހެނުން ޖާންވީ ސެޓީ ބުނީ އޭނާ އެރޭ ނިދަން ދިއުމުގެ ކުރިންވެސް ބަލިކޮށް އުޅުނު ކަމަށާއި އެކަމަކު ހޮސްޕިޓަލަށް ދާން ބޭނުންނުވި ކަމަށެވެ. ނަމަވެސް އެގެއަށް ޑޮކްޓަރެއް ގެނެސްފައިވާ ކަމަށެވެ.

ޖާންވީ ބުނީ ހެނދުނު ހޭލިއިރު އޭނާ ވަނީ މަރުވެފައި ކަމަށެވެ.

ވިކާސްގެ ހަށިގަނޑު ވަނީ ޕޯސްޓް-މޯޓަމް ހެދުމަށް މުމްބާއީގެ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

ވިކާސް ވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ސީރީޒްތައް ކަމަށްވާ "ކަހީން ތޫ ހޯގާ"، "ކަސޯޓީ ޒިންދަގީ ކޭ" ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910