ޑރ. މުހައްމަދު މުއިއްޒު

ކާވާ މުބާރާތުގެ ފައިނަލްގައި ކުޅޭ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

ކާވާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީ ޓީމު -- ފޮޓޯ: ޔަކޭ.އެމްވީ
0%
0%
0%

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލް މެޗުގައި މިރޭ ވާދަކުރާ ދިވެހި އަންހެން ވޮލީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިތްވަރުދެއްވައިފި އެވެ.

އެމަނިކުފާނު ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވަނީ މިއަދު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް ގައެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށްދާ ފައިނަލް މެޗުގައި ރާއްޖެ އާއި ވާދަކުރަނީ ކިރިގިސްތާންގެ ޓީމެވެ. މިއީ ދިވެހި ގައުމީ ވޮލީޓީމު ކާވާގެ އަންހެން މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ، އަފްޣާނިސްތާން، ކިރިގިސްތާން އަދި ތަޖިކިސްތާނުގެ ޓީމު ވާދަކުރި އެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް އާއުސްމިންތަކަކަށް ގެންދިއުމަކީ މިސަރުކާރުގެ އަމާޒެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910