ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.
މި ޕްރޮމޯޝަނާ އެކު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑް ކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުވަތުގެ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އަދި ދިރާގު އެޕް، މައިއެކައުންޓް އަދި ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެންވެސް މި ގުރުވަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު [ވެބްސައިޓުން[(https://www.dhiraagu.com.mv/personal/promotions/reload-and-win?utm_source=SM) ލިބޭނެ އެވެ.
ދިރާގުގެ ޕޯޓްފޯލިއޯގައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެކި ޕްރީޕެއިޑް ޕްލޭންތައް ހިމަނާފައިވެ އެވެ. މި ޕްލެންތަކާ ބެހޭ އިތުރު މައުލޫމާތުވެސް ދިރާގު [ވެބްސައިޓުން](https://www.dhiraagu.com.mv/personal/for-mobile/plans/salhi-prepaid9 ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.