ސަލްމާން ހާން

ސްކޭމްތަކަށް ސަމާލުވުމަށް ސަލްމާން އެދިއްޖެ

ބޮލީވުޑް އެކްޓަރު ސަލްމާން ހާން
0%
0%
0%

ބޮލީވުޑްގެ ތަރި ސަލްމާން ހާން އެމެރިކާގައި ޝޯއެއް ހުށަހަޅާ ކަމަށް ބުނެ ޓިކެޓު ވިއްކުމަށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ތާއީދު ކުރާ މީހުންގެ ކިބައިން ސަލްމާން އެދިއްޖެ އެވެ.

ސަލްމާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއާ ގުޅޭ އެއްވެސް ކުންފުންޏަކުން އެމެރިކާގައި މި އަހަރު އެއްވެސް ޝޯއެއް ދޭން ރާވާފައި ނުވާ ކަމަށާއި އެއީ މުޅިން ދޮގު ހަބަރުތަކެއް ކަމަށެވެ.

ސަލްމާން ވަނީ އެފަދަ އެއްވެސް އީމެއިލެއް، މެސެޖެއް ނޫނީ އިޝްތިހާރެއް ގަބޫލުނުކުރުމަށްވެސް އެދިފަ އެވެ.

"އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ސަލްމާންގެ ނަން ބޭނުންކުރާ މީހަކު އެނގިއްޖެނަމަ ގާނޫނީ ފިޔަވަޅު އަޅާނަން،" ސަލްމާން ކުރި ޕޯސްޓުގައިވެ އެވެ.

މި ޕޯސްޓުކުރުމުގެ ކުރިން ސަލްމާންގެ މެނޭޖަރު ޖޯޑީ ޕަޓެލްވެސް ވަނީ ސްކޭމްތަކާ ބެހޭ ގޮތުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއް ކޮށްފަ އެވެ. އޭނާ ވެސް ވަނީ މިއަހަރު ސަލްމާން އެމެރިކާގައި ޝޯއެއް ނުދޭނެ ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345