ސަލްމާން ހާން

ސަލްމާންގެ ކުރެހުމެއް ގަތުމުގެ ފުރުސަތު

ސަލްމާން ހާންގެ ކުރެހުން "ޔުނިޓީ 1" ޖޫން 14 ގައި ލައިވް ކުރަނީ
0%
0%
0%

ބޮލީވުޑްގެ ތަރި ސަލްމާން ހާން އާއި އާޓް ޓެކްނޮލޮޖީގެ ކޮމްޕެނީއެއް ކަމަށްވާ "އާޓްފި" ގުޅިގެން ކުރަހާފައިވާ ސަލްމާންގެ ތަސްވީރުގެ ފުރަތަމަ ކުރެހުން ޖޫން 14 އިން ފެށިގެން ގަނުތުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަލްމާން ހާންގެ "ޔުނިޓީ 1" ނަމަކަށް ކިޔާ މި ކުރެހުން ގަތުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

މި ކުރެހުމާ މެދު "އާޓްފި"ގެ ތަރުޖަމާން އަދި ސިއީއޯ އާސިފް ކަމާލް ބުނީ އެތައް ބަޔެއްގެ ޝައުގު މި ކުރެހުމަށް މިހާރުވެސް އެބައޮތް ކަމަށާއި ޑިމާންޑް ބޮޑުވި ނަމަވެސް ކުރެހުމުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެއީ ގިނަ ބަޔަކަށް މި ކުރެހުމުގެ ފްރެކްޝަން އެއް ގަތުމުުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ސަލްމާނަކީ ބޮލީވުޑްގައި މަޝްހޫރުކަން ލިބުމުގެ މާކުރިންވެސް ކުރެހުމުގެ ރޮގުން ކުރިއަށް ދާން މަސައްކަތް ކުރި ކުރެހުންތެރިއެކެވެ.

ސަލްމާންގެ އެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އޭނާ ގިނަ ވަގުތުތަކެއްވެސް ހޭދަކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345