ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުރޫޝިއާ ޑޯޓްމަންޑް އިން ކުލަބް ބްރޫޖްގެ މައްޗަށް 3-0 އިން ކުރިހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޖަރުމަނުގެ ޖެން ބްރޭޑެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޑޯޓްމަންޑް އިން މޮޅު ކުޅުމެއް ދައްކައި މެޗު ޑޮމިނޭޓް ކޮށްފައިވެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވާދަވެރިކޮށް ކުޅުނު ނަމަވެސް ޑޯޓްމަންޑް އިން ގިނަ ހަމަލާތަކެއް އުފައްދައި ބޯޅަ ގިނައިރު ހިފަހައްޓައިގެން ކުޅެފައިވެ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމަށްވެސް ގޯލެއް ނުޖެހުނެވެ.
މެޗުގެ ދެވަނަ ހާފުގައި ޑޯޓްމަންޑް އިން ހަމަލާތައް އިތުރަށް ވަރުގަދަކޮށް 76 ވަނަ މިނެޓުގައި އެމްރި ކޭންގެ ޕާހަކުން ޖެމީ ގިޓެންސް އަށް ފުރަތަމަ ގޯލު ޖެހުމުގެ ފުރުސަތު ލިބުނެވެ. އޭގެ 10 މިނެޓު ފަހުން ފެލިކްސް މެކާގެ އެހީތެރިކަމާއެކު ގިޓެންސް އިތުރު ގޯލެއްޖަހައި ލީޑު 2-0 އަށް ފުޅާކުރި އެވެ.
މެޗު ނިމުމާ ކައިރިވަމުން ދަނިކޮށް، އިތުރު ވަގުތުގައި ޑޯޓްމަންޑް އަށް ލިބުނު ޕެނަލްޓީ ކިކެއް ސާރޯ ގްރެސީ ވަނީ ގޯލަކަށް ބަދަލުކޮށްދީފަ އެވެ. މިއާއެކު މެޗު ނިމުނީ ޑޯޓްމަންޑް 3-0 އިން މޮޅުވެގެންނެވެ.
މި ނަތީޖާއާ އެކު ޑޯޓްމަންޑް އިން ވަނީ ޗެމްޕިއަންސް ލީގުގެ މިއަހަރުގެ މުބާރާތް ފަށައިގަތުމުގައި ވަރުގަދަ ފެށުމެއް ހޯދާފަ އެވެ.