ފޮރިން މިނިސްޓްރީ

ޖެނުއަރީ 8 އަކުން ފެށިގެން ޔޫކޭއަށް ދެވޭނީ އީޓީއޭ ހޯދައިގެން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ -- ފޮޓޯ:އަވަސް
0%
0%
0%

އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުަވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ އިނގިރޭސިވިލާތުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް އިތުރަށް ހަރުދަނާކޮށް އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމުގައެވެ.

މި ބަދަލާ ގުޅިގެން މިއަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ އެވެ.

ދެ އަހަރު ދުވަހުގެ އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އީޓީއޭ ނެގުމުން ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަމަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވެ އެވެ.

މީގެއިތުރުން އަންނަ އަހަރުގެ އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަންޖެހެ އެވެ.

އެހެންވެ އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަންދީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910