އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފި

Mar 12, 2023
1
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
0%
0%
0%

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެކި ދާއިރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ އެވެ.

މީގެއިތުރުން މިދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސީދާ ޖަރުމަނުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސީނާބެ

ގައުމުގެ ފަޅުތަކާއި، ކަނޑާއި، އެއްގަމުގަ ވާހާ އެއްޗެއް އިންޑިއާ އަށް ވިއްކާލި ވަގު ޚާއިނު.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910