ދިރާގު

ގްލޯބަލް ކަލިނަރީ ޗެލެންްޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.

އެފްއެޗްއޭއެމް އަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ކަލިނަރީ ފެއާ އެވެ.

މި އިވެންޓުގައި ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވިޔަފާރިތަކުންނާއި ކަލިނަރީ ދާއިރާގެ ތަޖުރިބާކާރުން އަދި ރިސޯޓް ހިންގާ ފަރާތްތަކުންނާއި ހޮސްޕިޓަލިޓީ ދާއިރާއަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވެ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވީ އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް މިއަހަރުވެސް ދިރާގު ވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މޯލްޑިވްސް ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން މޯލްޑިވިއަން ހޮސްޕިޓަލިޓީގެ ބްރޭންޑް އިތުރަށް ރަނގަޅުކޮށް، އިންޑަސްޓްރީގެ ތެރޭގައި އިނޮވޭޝަން އާއި ކޮލަބްރޭޝަން ކުރިއެރުވުމުގައި މުހިއްމު އިވެންޓްތަކާއި އިސްނެގުމުގައި ސަޕޯޓް ދިނުމަކީ ފަހުރުވެރިވާ ކަމެއް،" ޖައިޝަން ވިދާޅުވި އެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައެވެ.

މިއީ ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސްއާ ގުޅިގެން ދިވެހި އެކްސްޕޯ ސާވިސަސް އިން އިންތިޒާމު ކުރާ އިވެންޓެކެވެ.