ޑރ. މުހައްމަދު މުއިއްޒު

ސައުދީގެ ގުޅުން ބިނާވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
100%
0%

ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީލް އަލް ސައުދު އާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަދި އެގައުމުގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވާފައިވާއިރު އެ ގައުމުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީށް ހުސައިން މުހައްމަދު ލަތީފު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސައުދީގެ ގައުމީ ދުވަހަކީ އެ ގައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް ބިން އަބްދުއްރަޙްމާން އަލް ސައުދު ހަނގުރާމައަކަށްފަހު އެ ގައުމު އެއްބައި ކުރި ދުވަސް ފާހަގަކުރާ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910