ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ސައުދީއަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސައުދީ އަރަބިއްޔާގެ ރިޔާޒު ސަރަހައްދުގެ ޑެޕިއުޓީ ގަވަނަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ރިޔާޒަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވީ، ރިޔާޒު ސަރަހައްދުގެ ޑެޕިއުޓީ ގަވަނަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒެވެ.

މަތީ ފަންތީގެ ވަފުދަކާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގައި އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަހައްދީ ހުތޫރަތްތެރި މައްސަލަތަކާ މެދު ސަރަހައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ނިންމި ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

މި ސަމިޓްގައި މިއަދު މެންދުރުފަހު ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވައި، އިޒުރޭލުގެ އަމަލުތައް ކުށްވެރިކުރައްވައި، ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންނެވެ.

ސަރަހައްދީ ސުލްހަ އާއި އަދާލަތަށް ގޮވާލެއްވުމުގައި ރައީސް ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910