ޑރ. މުހައްމަދު މުއިއްޒު

ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަަޒީޒު ހޮސްޕިޓަލްގައި އެނދުމަތިކުރައްވައިގެން ފަރުވާ ދެއްވަމުން ގެންދަވާތީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްގެފާންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ދިވެހިންގެ ނަމުގައި ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

"ރަސްގެފާނަށް ފުރިހަހަމަ ސިއްހަތަކާއި ދިގު އުމުރުފުޅު މިންވަރުކުރެއްވުން އެދި ﷲއަށް ދުއާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ސައުދީގެ އަލްސަލާމް ގަނޑުވަރުގައި ރަސްގެފާނަށް ފަރުވާ ދެއްވަނީ އެމަނިކުފާނު މިފަހުން އާލާސްކުފުޅުން ބޮޑުވެ ހުޅުތަކުގައި ރިއްސާތީއާއި ފުއްޕާމޭގެ ސިއްހީ މައްސަލަ ތަކަކަށެވެ.

ސައުދީގެ ރަސްކަމާއިބ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ސަލްމާން ރަސްގެފާން އަކީ މިހާރު އުމުރުފުޅުން 88 އަހަރުގެ ބޭފުޅެވެ.