ވިޔަފާރި

މަސީގެ ރައީސް ކަމަށް އަނެއްކާވެސް ޖަނާ

Mar 13, 2016
1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް ކަމަށް އަނެއްކާވެސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އިންތިހާބުކޮށްފި އެވެ. މިއީ އެ މަގާމަށް ޖަނާ އިންތިހާބު ކުރި ތިން ވަނަ ފަހަރެވެ.

މިރޭ ބޭއްވި މަސީގެ އިންތިހާބީ ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް ކަމަށް ޖަނާ އިންތިހާބުކުރީ 60 މެމްބަރުން ވޯޓުންނެވެ. ޖަނާއާ ވާދަ ކުރެއްވީ އަދުނާނު ހަލީމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ.

މި މަގާމަށް ޖަނާ އިންތިހާބު ކުރި އިރު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ކޮންޓްރެކްޓާސް (އިފަޕްކާ) ގެ ވައިސް ޕްރެޒިޑެންޓަކީ ވެސް ޖަނާ އެވެ.