ޑރ. މުހައްމަދު މުއިއްޒު

މަސީގެ "ބޮޑު ރަސްގެފާނު ލަގަބު" ރައީސް މުއިއްޒަށް

މަސީން ދޭ "ބޮޑު ރަސްގެފާނު ލަގަބު" ރައީސް މުއިއްޒަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ -- މަސީން ދޭ އެންމެ ފަހުރުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަގަބު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ. މިއީ މި ލަގަބު އެރުވި ފުރަތަމަ ފަހަރެވެ.

މި ލަގަބު ރައީސްއަށް އެރުވީ ރޭ ހޮޓެލް ޖެންގައި ކުރިއަށްދިޔަ "އެމް.އެން.އޭ.ސީ.އައި ބިލްޑާ އެވޯޑްސް 2023" ހަފުލާގަ އެވެ.

މި ލަގަބު ރައީސް މުއިއްޒަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ މި ހަފުލާގައި ފާހަގަކުރައްވާފަ އެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި ހިޔާ މަޝްރޫއުގެ އިތުރުން ރާއްޖޭގެ ތާރީހުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345